Sunday, October 9, 2016

ދަރިންނަށްޓަކައި ކުރާނެ ހެޔޮ ދުޢާ 2
اللَّهُمَّ بَارِكْ لِي فِى أَوْلَادِى. وَلَا تَضُرُّهُمْ. وَوَفِّقْهُمْ لِطَاعَتِكَ. وَارْزُقْنِى بِرَّهُمْ.
ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ! މިއަޅާއަށްޓަކައި މިއަޅާގެ ދަރިންގެ ގައިގައި ބަރަކާތް ލައްވާނދޭވެ! އަދި އެ ކުދިންނަށް ގެއްލުމެއް ނުދެއްވާނދޭވެ! އަދި އިނބަރަސްކަލާނގެއަށް ކިޔަމަންތެރިކަން އަދާ ކުރުމަށް އެ ކުދީންނަށް ތައުފީޤު ދެއްވާނދޭވެ! އަދި އެ ކުދިންގެ ހެޔޮކަމާއި ކިޔަމަންގަތުމުގެ ނަޞީބު މިއަޅާއަށް ދެއްވާނދޭވެ!
ދަރިންނަށްޓަކައި ކުރާނެ ހެޔޮ ދުޢާ 7
اللَّهُمَّ جَنِّبْهُمْ رُفُقَآءَ السُّوءِ
މާނަ: ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ވިޔާނުދާ ގޯސް އެކުވެރިންނާ އެ ކުދިން ދުރުހެލި ކުރައްވާނދޭވެ!
ދަރިން ރައްކާތެރި ކޮށްދެއްވުންއެދި ކުރާ ދުޢާ
أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِن كُلِّ شَيْطَانٍ وَهَامَّةٍ وَمِن كُلِّ عَيْنٍ لَّامَّةٍ
މާނަ: ﷲގެ ފުރިހަމަ ބަސްފުޅުތައް މެދުވެރިކޮށް އެންމެހައި ޝައިޠާނުންނާއި، ވިހަކުރުވަނިވި ކޮންމެ ސޫތްޕަކުންނާއި، ޙަސަދަވެރި، މާލާމާތްތެރި ލޯތަކުން ތިޔަކުދިން ރައްކާތެރި ކޮށްދެއްވުން އެދި ދުޢާ ކުރަމެވެ.

No comments:

Post a Comment